ސާޖިދާ ބޭނުންވާގޮތަށް ފްލެޓްލިސްޓް އޮތީ ނިންމާފައި، ކޮމެޓީ ހެދީ އޮޅުވާލަން

25 މާރިޗު 2024, ހޯމަ

ޝެއާރ ކޮށްލާ

ފަހިދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި ހަދަމުންދާ 13000 ފްލެޓްގެ ތެރެއިން އެންމެ ފުރަތަމަ ނިމޭ 4000 ފްލެޓް ލިބޭމީހުންގެ ހައްގު އަތުލުމަށްފަހު ދޮގުބޯ މުއިއޒުގެ އަންހެނުން ފްލެޓް ވަގު ސާޖިދާ ބޭނުންވާ ބަޔަކަށް ފްލެޓްތައް ބަހާލުމަށް ކުރާ މަސައްކަތުގައި، ފްލެޓް ލިސްޓް ތައްޔާރުކޮށް ނިންމާފައިވާކަން ކަށަވަރު ކުރެވިއްޖެއެވެ.

އޭސީސީއާ ގުޅިގެން ފްލެޓް ވަގު ސާޖިދާ އަޑީގައި ހުރެގެން ފްލެޓް ލިސްޓްގެ ގިނަ ބައެއްގެ ޝަރުތު ހަމަނުވާކަމަށް ބުނެ، ލިސްޓް ބާތިލްކޮށްފައިވާއިރު ފްލެޓް ލިސްޓް އަލުން އެކުލަވާލުމަށް މިހާރު ވަނީ ކޮމެޓީއެއް އެކުލަވާލަފައެވެ. ކޮމެޓީގެ ޗެއާއަކަށް ހަމަޖެއްސި ކުރީގެ ޖެންޑަ މިނިސްޓަރު އަނީސާ އަހުމަދުގެ އަމިއްލަ ގެއެއް މާލޭގައި ހުއްޓާ ކުއްލިއަކަށް ހުޅުމާލެ ބީޗް ފްރަންޓުން އޭނާއަށް ބޮޑު ގޯއްޗެއް ލިބުނު މައްސަލަ މިހާރު ވަނީ ފެންމަތިވެފައެވެ.

Screenshot 2024-03-02 at 16.22.30.png

ހައުސިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މިހާރު އެކުލަވާލާފައިވާ ފްލެޓް ކޮމެޓީއަކީ ސާޖިދާގެ ލިސްޓް ސައްހަކުރުމަށް އެކުލަވާލާފައިވާ މަކަރުވެރި ކޮމެޓީއެއް ކަމަށެވެ.

އެކޮމެޓީން ކުރަމުންދާ މަސައްކަތަކީ ސާޖިދާގެ ލިސްޓް ބަލައިގެން އަލުން އެހެން ބުހުތާނުތަކެއް ހިނަމައިގެން ރިޕޯޓެއް ތައްޔާރުކުރުމާއި ސާޖިދާގެ ލިސްޓް ސައްހަކަމުގެ ތައްގަނޑު ޖަހައި އެލިސްޓަކީ ކޮމެޓީން ހެދި ލިސްޓްކަމަށް ބުނެ ލިސްޓެއ ނެރުންކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

* Copyright © 2024 Dhunmaari. All rights reserved.